ގިޞާޞްގެ ގޮތުގައި އަލިފާނުން މީހުން އެންދުމުގެ ޙުކުމް

އިސްލަމީ ދަޥްލަތުން ބައެއްފަހަރު އެމެރިކާގެ ޞަލީބީ ކޯލިޝަނަށް ނިސްބަތްވާ ގައުމުތަކުގެ ސިފައިން ޢަޞީރުންގެ ގޮތުގައި އަތުލައިގަނެއެވެ. އަދި ޚިލާފަތުގެ އެކި ސަރަހައްދުގެ މުސްލިމު ޢާންމުންގެ ބޮލަށް ބޮންއަޅައި ހެދުމުގެ ސަބަބުން އެޢަޞީރުންގެ މައްޗަށް ޤިޞާޞް ހިފުމުގެ ގޮތުން އަލިފާނުން އަންދާ މެރުމަށް އިސްލާމީ ޚިލާފަތުގެ ޝަރުޢީ ކޯޓުތަކުން ޙުކުމްކޮށް އެގޮތަށް އެމީހުން މަރާލެވޭތަން ފެނެއެވެ. މިފަދަ ޙާލަތްތަކުގައި ގިނަފަހަރަށް ޖިހާދަށް ލޯބި ކުރާކަމަށް ދަޢުވާ ކުރާ ބައެއް މީހުންނާއި، ވެރިން ރުހޭ ގޮތަށް ފަތާވާނެރެންތިބޭ މުނާފިޤު [ޢިލްމުވެރިންނާއި]، ޢާންމުންގެ ތެެރޭގައި ތިބި ﷲ ގެ ޝަރީޢަތާއި މެދު ޖާހިލުވެފަ ތިބި މީހުން ބުނާތަން އާދެއެވެ. [ތިބާ ތި މަރަނީ އަލިފާން ބޭނުން ކޮށްގެއްނެވެ. އެއީ ރަސޫލާ ؛ ވެސް ނަޙީ ކުރައްވާފައިވާ ކަމެކެވެ!]

އާއެކެވެ! އެކަލޭގެފާނު ؛ ޙާދީޘް ކުރެއްވިއެވެ: [ﷲ ފިޔަވައި އެއްވެސް ފަރާތަކުން އަލިފާނުން ޢަޒާބު (ނުވަތަ  ޢަދަބު) ދީގެން ނުވާނެއެވެ.] (ޞާޙީޙުލް ބުޚާރީ)

ނަމަވެސް އެއްކަލަ ވެރިން ރުއްސަން ތިބޭ ބައެއް [ޢިލްމުވެރިންގެ] ދޮގުވެރިކަމުގެ ސަބަބުން، އަލިފާނުން މީހުން މެރުމާއި މެދު އައިސްފައިވާ މި ނަޙީ އަށް އިސްތިސްނާ ވާ ޙާލަތްތަކެއް ވާކަން ގިނަ މީހުންނަކަށް ނޭނގެއެވެ. ޤިޞާޞް ގެ ގޮތުން، ނޫނީ މަޞްލަޙަތައްޓަކައި، އަދި ބަޤަރާ ސޫރަތުގެ 194 ވަނަ އާޔަތުން ލިބޭ ދަލީލުގެ މައްޗަށް މި އުއްމަތުގެ ބޮޑެތި ފިޤުހުވެރިން އެ ފަދަ ގޮތަކަށް މީހުން މެރުން ހުއްދަވާކަން ވަނީ ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައެވެ.

ﷲ ވަޙީ ކުރައްވަނީ: ¢فَمَنِ اعْتَدَىٰ عَلَيْكُمْ فَاعْتَدُوا عَلَيْهِ بِمِثْلِ مَا اعْتَدَىٰ عَلَيْكُمْ ۚ……..£
މާނައީ: [ފަހެ ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ޙަމަލާދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ ޙަމަލާދިން ފަދައިން ޙަމަލާ ދޭށެވެ.] (02:194)

އިމާމް އައް ނަވަވީ \ ވިދާޅުވެފައިވެއެވެ:

[އަނިޔާވެރިވާ މީހާ ކަނޑިއެއް ބޭނުންކޮށް މީހަކު މަރައިފިނަމަ، ކަނޑިން ނޫންގޮތަކަށް އޭނަގެ މައްޗަށް ޤިޞާޞް ހިފައިގެން ނުވާނެއެވެ. ސަބަބަކީ ﷲ ވަޙީ ކުރައްވާފައިވަނީ، [ފަހެ ތިޔަބައިމީހުންގެ މައްޗަށް ދެކޮޅުވެރިވެ ޙަމަލާދިން ބަޔެއްގެ މައްޗަށް އެއުރެން ދެކޮޅުވެރިވެ ޙަމަލާދިން ފަދައިން ޙަމަލާ ދޭށެވެ.] (02:194). އަދި ކަނޑިއެއް ބޭނުންކޮށް ޤަތުލު ކުރުމަކީ އެންމެ ވޭން ކުޑަ ގޮތެވެ. އެެހެންކަމުން އޭނާ މީހަކު މަރަން ކަނޑިއެއް ބޭނުން ކުރުމުން، ޤިޞާޞްގެ ގޮތުން ކަނޑިން މެރުން ނޫން އެހެން ގޮތަކަށް އޭނަ މަރާލައިފިނަމަ އަނިޔާ ލިބުނު ފަރާތުން އެ ނިގުޅައިގަތީ އޭނައަށް ޙައްޤުވާ މިންވަރަށްވުރެ އިތުރަށެވެ. ސަބަބަކީ އޭނާއަށް ޙައްޤު ވެގެންވީ މަރަށް މެރުމެވެ. ނަމަވެސް އެފަދަ ޙާލަތެއްގައި ހަމައެކަނި މެރީ އެއްނޫނެވެ. ނަމަވެސް އޭނައަށް (ޙައްޤު ނުވާ) ވޭނެއް ދެވުނީއެވެ. ނަމަވެސް އަނިޔާ ދިން ފަރާތުން އޭނާ މެރިމީހާ މަރާލުމަށްޓަކައި އަންދާލިނަމަ، ނުވަތަ އަރަގު ކޮށްލިނަމަ، ނުވަތަ އޭނާ މަރުވަންދެން ގަލުން ތެޅިނަމަ، ނުވަތަ އުސް ތަނަކުން ވައްޓައި މެރިނަމަ، ނުވަތަ ލަކުޑި ގަނޑަކުން ޖަހާ މެރިނަމަ، ނުވަތަ މަރުވަންދެން ބަންދުކޮށްފައި ބެހެއްޓިނަމަ، ނުވަތަ ފެނާއި ކާއެއްޗިހި ނުދީ މަރުވަންދެން ހިފެހެއްޓިނަމަ، މަރުވީ މީހާގެ ވާރިޘުންނަށް އޭނާ އެ މެރިގޮތަށް ޤިޞާޞް ހިފުމުގެ ޙައްޤު ލިބިގެން ވެއެވެ. ސަބަބަކީ ﷲ ވަޙީ ކުރައްވާފައިވަނީ، [އަދި ތިޔަބައިމީހުން ޢުޤޫބާތް ދޭނަމަ، ތިޔަބައިމީހުންނަށް ޢުޤޫބާތް ލިބުނު ފަދަޔަކުން ތިޔަބައިމީހުން ޢުޤޫބާތް ދޭށެވެ!] (16:126).] [1]

މީގެ އިތުރުން ޢިލްމުވެރިންވަނީ ރަސޫލުﷲ ؛ އާއި އެކަލޭގެފާނުގެ ޞަޙާބީންގެ ޙަޔާތްޕުޅުން ޢަދަބު ދިނުމުގައި އެބޭކަލުން އަލިފާން ބޭނުން ކޮށްފައިވާ ވަރަށް ގިނަ ޙާލަތްތައް ބަޔާން ކުރައްވާފައެވެ. މީގެތެރެއިން ފާހަނގަކޮށްލެވޭ ބައެއް ޙާދިޘާތައް (ޞަފްޙާ 2 ގައި) ހިއްސާ ކޮށްލާނަމެވެ. މި ބަޔާން ކުރެވޭ ޙާދިޘާ ތަކުގެ ތެރެއިން ބައެއް ޙާދިޘާ ތަކާއިމެދު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އޮތަސް، ޤިޞާޞްގެ ގޮތުން މީހަކު އަންދާ މަރާލެވޭނެ ކަމާއިމެދު މި އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ވިދާޅުވެއެވެ.

_______________________________
  1. (المهذب 186/2)

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. Salaam alaikum. Thi akhun haqqu meesthakunnah olhunfiluvadheyn thikuraa masaikathugaa Allah subhaanahu watha aalaa barakaai lahvaashi adhi dawlatul islaam ah nasr dhehvaa baaru veri koh dhehvaa dheyve. Allahumma Aameen. Mi article ge PDF eh libeyne gotheh hadhaidhevidhaanetha? JazaakAllah khairan