ގިޞާޞްގެ ގޮތުގައި އަލިފާނުން މީހުން އެންދުމުގެ ޙުކުމް

އަލް ޙާފިޡް އިބްނު ޙަޖަރު \ ވިދާޅުވިއެވެ:

[މީހުން އެންދުން ހުއްދަވެގެންވާކަން ހާމަވެގެންދަނީ ޞަޙާބީންގެ ޢަމަލުންނެވެ. އަދި ރަސޫލުﷲ ؛ ވަނީ މުރުތައްދުވެ، މަގުފޭރުނު ބަދަވީންތަކެއްގެ ލޯތަކަށް އަލިފާނުން ދޮންކޮއްފައި ހުރި ދަގަނޑުތަކެއް ޖަހާ އެމީހުންގެ ލޯތައް އުފުރާލައްވާފައެވެ.]

މި ހާދިސާގައި ރަސޫލުﷲ ؛ އެމީހުންގެ ލޯތައް ދޮންކޮށްފައިވާ ދަގަނޑުން އުފުރާލެއްވެވީ އެމީހުން މުސްލިމުންނާއި ދޭތެރޭ އެގޮތަށް ކަން ކުރުމުން ޤިޞާޞްގެ ގޮތުގައެވެ. މި ޙާދިޘާ އަކީ ޞަޙީޙް ބުޚާރީގައި ގެނެވިފައިވާ ޙާދިޘާ އެކެވެ.

ރިއްދައިގެ ހަނގުރާމައިގައި އަބޫ ބަކުރުއް ސިއްދީޤް > ޢަރަބި ކަރައިގެ މުރުތައްދުންނަށް ލިޔުނު ސިޓީގައި އެމީހުންގެ މުރުތައްދުވުމުން ތަޢުބާވެ އަލުން އިސްލާމްދީނަށް ރުޖޫޢަ ނުވެއްޖެނަމަ އެމީހުން ދިރިތިއްބާ އަންދާލައްވާނެކަމަށް އިންޒާރު ދެއްވިއެވެ. އެކަލޭގެފާނު އެ ސިޓީގައި ލިޔުއްވިއެވެ. [ތިމަން ކަލޭގެފާނު (ކަލޭމެންނާއި ދެކޮޅަށް) މިވެނި އެވެނި މީހަކު (އެބަހީ ޚާލިދު ބުނު ވަލީދު) ފޮނުއްވައިފީމެވެ! (އެ ލަޝްކަރުގައި ވަނީ) މުހާޖިރުންނާއި، އަންޞާރުންނާއި އެބޭކަލުންނަށް ތަބާވި ހެޔޮ ބޭކަލުންނެވެ! އަދި ތިމަން ކަލޭގެފާނު ވަނީ އެއްވެސް މީހަކަށް ﷲ ގެ ދީނަށް އަނބުރާ އައުމަށް ގޮވާ ނުލެވެނީސް (ނުވަތަ ދަޢުވަތު ނުދެވެނީސް) ހަނގުރާމަ ނުކުރުމަށް ޢަމުރު ކުރައްވާފައެވެ! އެބޭކަލުންގެ ދަޢުވަތަށް ޢިޖާބަދީ، ނުބައިތަކުން ދުރުވެ، ހެޔޮ ކަންތައް ކޮށްފިނަމަ، ތިމަންކަލޭގެފާނުގެ ލަޝްކަރުން އެމީހަކު ބަލައިގަންނާނެެއެވެ. އަދި އެމީހަކަށް ވާގިވާނެއެވެ. ދެކޮޅު ހަދައިފިނަމަ ދަންނާށެވެ! ތިމަން ކަލޭގެފާނު ވަނީ (ދެކޮޅުހެދި މީހުންގެ ތެރެއިން) އެކަކުވެސް ދޫ ނުކޮށް އެންމެންނާ ހަނގުރާމަ ކުރުމަށް ޢަމުރު ކުރައްވާފައެވެ! އަދި އެ ބަޔަކު ދިރިތިއްބާ އަންދާލުމަށް ޢަމުރު ކުރައްވާފައެވެ! އެ ބަޔަކު ހަރުކަށި ހުރިހާ ގޮތެއް ބޭނުންކޮށް މެރުމަށް ޢަމުރު ކުރައްވާފައެވެ! އަދި އެބައެއްގެ އަންހެނުންނާއި ދަރިން އަޅުންގެ ގޮތުގައި ނެގުމަށް ޢަމުރު ކުރައްވާފައެވެ! އަދި އިސްލާމް ދީން ނޫން އެހެން އެއްވެސް އެއްޗެއް އެއުރެންގެ ކިބައިން ބަލައި ނުގަތުމަށް ޢަމުރު ކުރައްވާފައެވެ!] [1]

އަބޫ ބަކުރުއް ސިއްދީޤް > ގެ ޚިލާފަތުގައި އެއްޖިންސުން ގުޅުން ހިންގުނު މީހެއްގެ ޙުކުމާއިމެދު ގޮތެއް ނިންމެވުމަށް ލަފާ ހޯއްދެވުމަށް ޞަޙާބީންގެ ތެރެއިން ބޭކަލުންތަކެއް ގެނެވުނެވެ. ހުރިހައި ބޭކަލުން ދެއްވި ޙިޔާލުތަކަށް ވުރެ އެންމެ ހަރުކަށި ޙުކުމް ގެންނެވީ ޢަލީ > އެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [މި ފާފައަކީ މީގެ ކުރިން އެންމެ ޤައުމެއްގެ ބައެއް ފިޔަވައި އެހެން އެއްވެސް ބަޔަކު ކުރި ކަމެއް ނޫނެވެ. އަދި ﷲ އެބައިމީހުންނާއި ދޭތެރޭ ކަންތައް ކުރެއްވި ގޮތް (ތިބޭކަލުންނަށް) އެނގިލައްވާނެއެވެ.] އެހެން ކަމުން ހުރިހައި ބޭކަލުންވެސް ޢަލީގެފާނުގެ ރަޢުޔަށް ތާއިދު ކުރެއްވިއެވެ. އެހެން ކަމުން އަބޫ ބަކުރުގެފާނު އެމީހާ ދިރި ހުއްޓާ އަންދާލުމަށް ޢަމުރު ނެރުއްވިއެެވެ. [2]

މި ޙާދިޘާ އާއިމެދު އަލް ޙާފިޡް އިބްނު ޙަޖަރު \ ދެބަސްވެވަޑައިގަތެވެ. އެހެނަސް އިބްނުލް ޤައްޔިމް \ ދެކިލެއްވި ގޮތުގައި މިއީ ހަމަ ޔަޤީނުންވެސް ހިނގި ހާދިޘާ އެކެވެ.

ރިއްދައިގެ ހަނގުރާމާގައި [އަލް ފުޖާޢާ] އޭ ކިޔުނު މީހަކު އަބޫ ބަކުރުއް ސިއްދީޤް > ގެ އަރިހަށް އައެވެ. އަދި ތިމަންނާ އަކީ މުސްލިމެއް ކަމަށް ދަޢުވާކުރި އެވެ. އަދި މުރުތައްދުންނާ ދެކޮޅަށް ހަނގުރާމައަށް ދިއުމަށް އޭނަގެ ބެލުމުގެ ދަށުން ލަޝްކަރެއް ފޮނުވަން އެދުނެވެ. އެކަލޭގެފާނު އެކަމުގެ އިޒްނަ ދެއްވުމުން، އެމީހާ އެ ލަޝްކަރައިގެން ގޮސް، ފެނުނު ކޮންމެ މީހަކު މަރަމުން މަގު ފޭރެމުން ދިޔައެވެ. އޭގެ ތެރެއިން މުސްލިމުންވެސް ހިމެނެއެވެ. އަބޫ ބަކުރުގެފާނަށް މި ޚަބަރު ލިބިވަޑައިގަތުމުން އެނާ ހައްޔަރު ކުރަން ލަޝްކަރެއް ފޮނުއްވެވިއެވެ. އަދި އޭނާ ހައްޔަރުކޮށް އަނބުރާ ގެނެވުމުން، [އަލް ބަޤީޢު] ގެ ސަރަހައްދަށް އެނާ ގެންގޮސް ދިރިހުއްޓާ އަންދާލެވުނެވެ. [3]

ރިއްދައިގެ ހަނގުރާމައިގައި ޚާލިދު ބުނު ވަލީދު > ބުޒާޚާގައި ހިނގި ކުރިމަތިލުންތަކަށްފަހު [ތުލައިހާ އަލް އަސަދީ] ބަލި ކުރެއްވުމުން އަބޫ ބަކުރުގެފާނު > އެކަލޭގެފާނަށް ސިޓީ ލިޔުއްވެވިއެވެ. އަދި ކާފަރުންނާ ދޭތެރޭ ރަޙުމް ނުކުރެއްވުމަށް އެންގެވިއެވެ. އަދި މުސްލިމުން މެރި ކުއްފާރުން މަރައި ރަނގަޅު މިސާލެއް ދެއްކެވުމަށް ޢަމުރު ކުރެއްވިއެވެ. މި ސިޓީ ލިބިވަޑައިގަތުމުން ޚާލިދު ބުނު ވަލީދު > އެ ސަރަހައްދުގައި މައްސަރެއް ވަންދެން މަޑު ކުރެއްވިއެވެ. އަދި މުރުތައްދުންތައް ހޯދައި މުސްލިމުން މެރި ކަމަށްޓަކައި އޭގެ ބަދަލު ހިއްޕެވިއެވެ. އެކަލޭގެފާނު މުރުތައްދުންގެ ތެރެއިން ބައެއް މީހުން ދިރި ތިއްބާ އަންދާލެއްވިއެވެ. ބައެއް މުރުތައްދުން ގަލުން ތަޅައި ރަޖަމް ކުރެއްވިއެވެ. އަދި ބައެއް މުރުތައްދުން ފަރުބަދަތައް މަތިން ވައްޓާލެވުނެވެ. [4]

އަބޫ މޫސާ އަލް އަޝްޢަރީ > ރިވާކުރެއްވިއެވެ. ރަސޫލުﷲ ؛ އެކަލޭގެފާނާއި މުޢާޒު އިބްނު ޖަބަލް > އާއި ދެބޭކަލުން ޔަމަނަށް ފޮނުއްވެވިއެވެ. އަދި މީސްތަކުންނަށް ޤުރުއާން ދަސްކޮށްދެއްވުމަށް އެންގެވިއެވެ. އެއްދުވަހު މުޢާޒްގެފާން އަބޫ މޫސާގެފާނަށް ޒިޔާރަތް ކުރެއްވިއެވެ. އެވަގުތު އެކަލޭގެފާނު ކައިރީ ހިލިހިލާ ޖަހާ ހައްޔަރު ކުރެވިފައި އިން މީހަކު އިނެވެ. މި މަންޒަރު ފެނިފައި އެކަލޭގެފާނު އަބޫ މޫސާގެފާނާއި ސުވާލު ކުރެއްވިއެވެ. [އޭ މަގޭ އަޚާއެވެ! އަހަރުމެން މިތަނަށް ފޮނުވުނީ މީހުންނަށް ޢަދަބު ދޭންހެއްޔެވެ؟ ނޫނީ މީހުންނަށް ދީން އުނގަންނައިދީ އެބައިމީހުންނަށް ފައިދާވާނެ ކަންކަމަށް ޢަމުރުކުރަން ނޫން ހެއްޔެވެ؟] އަބޫ މުސާގެފާނު ޖަވާބުގައި ދެންނެވިއެވެ. [އޭނާ އިސްލާމްވީއެވެ. އެއަށްފަހު މުރުތައްދުވީއެވެ.] މިހެން ވިދާޅުވުމުން މުޢާޒުގެފާނު ދެންނެވިއެވެ. [މުޙައްމަދުގެފާނު ޙައްޤު ދީނައިގެން ފޮނުއްވެވި ފަރާތް ގަންދީ ބުނަމެވެ! އޭނާ އަލިފާނުން އަންދާނުލެވެނީސް ތިމަންކަލޭގެފާނު މިތަނުން ނުދާނަމެވެ!] އަބޫ މޫސާގެފާނު ވިދާޅުވިއެވެ. [އަހަރުމެން އަދި އޭނާއާއި ނުނިމި އޮތް މުޢާމަލާތެއް އެބައޮތެވެ.] އެހެން ވިދާޅުވުމުން އަނެއްކާވެސް މުޢާޒުގެފާނު ދެންނެވިއެވެ. [ﷲ ގަންދީ ބުނަމެވެ! އަހަރެން (އޭނާ އަންދާނުލަނީސް) ނުދާނަމެވެ!]

އެންމެފަހުން ދަރުގެނެސް އަލިފާންގަނޑެއް ރޯކުރުމަށްފަހު އެ އަލިފާނުގެތެރެއަށް އެ މުރުތައްދުވި ކަލޭގެ އެއްލާލެވުނެވެ. [5]

ކުރިން ބަޔާން ކުރެވުނު ފަދައިން، ބަަައެއް ހާދިޘާތަކާއިމެދު ޢިލްމުވެރިން އިޚްތިލާފް އޮތަސް، ޤިޞާޞްގެ ގޮތުގައި މީހަކު އަންދައި މަރާލައިފި މީހާ ހަމަ އެފަދައިން އަންދާ މެރުން ހުއްދަވާނެ ކަމަށް ޖުމުހޫރު ޢިލްމުވެރިން ދެކިލައްވައެވެ. އެގޮތުން އިބްނު އަލް މުލައްޤިން \ ވިދާޅުވިއެވެ. [ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން ވިދާޅުވިއެވެ. އަންދާލައިގެން މަރައިފިމީހަކު މަރަން ޖެހޭނީ އަންދާލައިގެންނެވެ. މިއީ އިމާމް މާލިކް، މަދީނާގެ ޢިލްމުވެރިން، އިމާމް ޝާފިޢީއާއި އެކަލޭގެފާނުގެ ޞަޙާބުން، އިމާމް އަޙުމަދު، އަދި އިސްޙާޤު ދެކިލެއްވި ގޮތެވެ.]

_______________________________
  1. (تاريخ الطبري ، البداية والنهاية)
  2. (البيهقي)
  3. (البداية والنهاية)
  4. (البداية والنهاية)
  5. (المعجم الكبير – الطبراني)

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. Salaam alaikum. Thi akhun haqqu meesthakunnah olhunfiluvadheyn thikuraa masaikathugaa Allah subhaanahu watha aalaa barakaai lahvaashi adhi dawlatul islaam ah nasr dhehvaa baaru veri koh dhehvaa dheyve. Allahumma Aameen. Mi article ge PDF eh libeyne gotheh hadhaidhevidhaanetha? JazaakAllah khairan