ހަނގުރާމައިގައި ބަލިވުމަކީ ޢަޤީދާއާއި މަންހަޖުގައި މަގުފުރެދުމެއްވާކަމުގެ ދަލީލެއް ހެއްޔެވެ؟

ސުވާލު: ހަނގުރާމައިގައި ބަލިވުމަކީ ޢަޤީދާއާއި މަންހަޖުގައި މަގުފުރެދުމެއްވާކަމުގެ ދަލީލެއް ހެއްޔެވެ؟

ބައެއް މީހުން ދެކޭގޮތާއި ޚިލާފަށް، ދުނިޔަވީގޮތުން ވިޔަސް، ނުވަތަ ޢަސްކަރީގޮތުން ވިޔަސް، ހަނގުރާމައެއް ނުވަތަ ހަނގުރާމަތަކެއްގައި ބަލިވުމަކީ ތަބަޢަވާ މަންހަޖުގައި، ނުވަތަ ހިފަހައްޓައިގެން ހުރި މަގުގައި ކުށެއް ނުވަތަ މައްސަލައެއް ހުރިކަމުގެ ދަލީލެއް ނޫނެވެ. ނަބިއްޔުންނާއި ﷲ ގެ ވަލީވެރިންނަކީ އިމްތިޙާނު ކުރެވޭ ބައެކެވެ.

ﷲ ` ވަޙީ ކުރައްވާފައިވަނީ: ¢…وَتِلْكَ الْأَيَّامُ نُدَاوِلُهَا بَيْنَ النَّاسِ…£

[އަދި މިފަދައިން މީސްތަކުންގެ (އެބަހީ ކާފަރުންނާ މުސްލިމުންގެ) މެދުގައި ދުވަސްތައް ތިމަން ﷲ ބަދަލު ކުރައްވަމުއެވެ. (އެބަހީ ބައެއްފަހަރު އެމީހުންނަށް ނަޞްރު ދެއްވައި، އަދި ބައެއްފަހަރު މުސްލިމުންނަށް ނަޞްރު ދެއްވައިގެންނެވެ.)] (3:140)

އިމާމް އިބްނު ކަޘީރް \ މި އާޔަތުގެ ތަފްޞީރާއި ބެހޭގޮތުން ވިދާޅުވިއެވެ:

[އެކަލާނގެ ބައެއްފަހަރު ތިޔަބޭކަލުންގެ މައްޗަށް ދުޝްމިނުންނަށް (ހަނގުރާމައިގައި) ކުރި ދެއްވައެވެ. އެހެނެއްކަމަކު އެންމެފަހުގެ ނިމުން (އެބަހީ ނަޞްރު ލިބުން) ވަނީ ތިޔަ ބޭކަލުންނަށެވެ. އެއީ އެކަލާނގެ ހަޟުރަތުގައި އެކަމުގައިވާ ޙިކުމަތްފުޅުގެ ސަބަބުންނެވެ.]

ޢަބްދުﷲ އިބްނު ޢަމްރޫ > ގެ ކިބައިން ރިވާވެގެން ވިއެވެ. ރަސޫލު ﷲ ؛ ޙަދީޘް ކުރެއްވިއެވެ:

‏مَا مِنْ غَازِيَةٍ أَوْ سَرِيَّةٍ تَغْزُو فَتَغْنَمُ وَتَسْلَمُ إِلاَّ كَانُوا قَدْ تَعَجَّلُوا ثُلُثَىْ أُجُورِهِمْ وَمَا مِنْ غَازِيَةٍ أَوْ سَرِيَّةٍ تُخْفِقُ وَتُصَابُ إِلاَّ تَمَّ أُجُورُهُمْ.‏

“ކުޑަވިޔަސް ނުވަތަ ބޮޑުވިޔަސް، ﷲ ގެ މަގުގައި ހަނގުރާމަކުރި ލަޝްކަރެއް، (ހަނގުރާމައިން މޮޅުވެ) ޣަނީމާއާއިއެކު ސަލަމާތާއި ރައްކާތެރިކަމާއެކު އެނބުރި އަތުވެއްޖެނަމަ ސަވާބުގެ 3 ބައިކުޅަ 2 ބައި ލިބިއްޖެއެވެ. (އެބަހީ އާޚިރަތުގައި ލިބޭނީ ސަވާބުގެ ބާކީ 1 ބައި އެކަންނެވެ.) އަދި ކުޑަވިޔަސް ނުވަތަ ބޮޑުވިޔަސް، ﷲ ގެ މަގުގައި ހަނގުރާމަކުރި ލަޝްކަރެއް، (ހަނގުރާމައިން ބަލިތަކެއް ތަހައްމަލު ކުރަންޖެހި) ހުސްއަތާ، އަދި ޒަހަމްވެފައިވާ ޙާލު އެނބުރި އަތުވެއްޖެނަމަ އެކަމުގެ ފުރިހަމަ ސަވާބު (އާޚިރަތުގައި) އެއްކޮށް ލިބޭނެއެވެ.”[1]

އަދި އިމާމް އަޙްމަދު އާއި އެނޫންވެސް ބޭކަލުން ޢަބްދުﷲ އިބްނު ސަލަމާ > ގެ ކިބައިން އެކަލޭގެފާނު ވިދާޅުވިކަމަށް ރިވާކުރެއްވިއެވެ:

[ޞިއްފީންގެ ހަނގުރާމައިގެ ދުވަހު ޢައްމާރު އިބްނު ޔާސިރް > އަހުރެން ދެކުނީމެއެވެ. އެއީ މުސްކުޅި، ހަމުގެ ކުލަ އަނދިރި އަދި ދިގު ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ އަތުން ދުނިދަނޑި ހިއްޕަވައިގެން ތުރުތުރު އަޅާ ޙާލު ވިދާޅުވިއެވެ. [އަހަރެންގެ ފުރާނަ އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. އަހަރެން (މި ދުނިދަނޑި ހިފައިގެން) ﷲ ގެ ރަސޫލާ ؛ އާއިއެކު 3 ހަނގުރާމަ ކުރީމެވެ. އަދި މިއީ (އަހަރެން ކުރާ) 4 ވަނަ ހަނގުރާމައެވެ. އަދި އެމީހުން އަހަރުމެންނާ ހަނގުރާމަކޮށް ހަޖަރުގެ ރުއްތަކުގެ ފަތްތަކުގެ ނިޔަލަށް އަހަރުމެން ކޮއްޕާ ފަހަތައް ޖެއްސިޔަސް (އެބަހީ ހަނގުރާމައިގައި އެމީހުންނަށް ކުރި ލިބުނަސް)، އަހަރުމެން މިތިބީ ޙައްޤުމަތީ ކަމާއި، އަދި އެމީހުން ތިބީ ބާޠިލުގައި ކަން އަހަރެން ޔަޤީން ކުރާނަމެވެ.][2]

އަދި މީގެއިތުރުން ބުޚާރީ އާއި މުސްލިމްގައި ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައި،  ރަސޫލު ﷲ ؛ ވަނީ، ފިރިހެން ކުއްޖާއާއި އުޚްދޫދުގެ އަހުލުވެރިން އެއްކޮށް މަރާލެވުމުންވެސް އެމީހުންނަށް ލިބުނީ ނަޞްރެއް ކަމަށް ބަޔާން ކުރައްވާފައެވެ. އަދި (އެ އެންމެން މަރާލެވުނީ) އެމީހުންގެ މަންހަޖުގައި ހުރި މަގުފުރެދުމެއްގެ ސަބަބުންކަމަށް، ނުވަތަ އެމީހުންގެ ޢަމަލުތުކުގެ ނުބައި ކަމުންކަމަށް ބުނަން ކެރޭނެ އެކަކުވެސް ނުހުންނާނެއެވެ.

އަދި މީގެއިތުރުން ބުޚާރީ އާއި މުސްލިމްގައި އަނަސް އިބްނު މާލިކް > ގެ ކިބައިން ރިވާވެގެންވިއެވެ. އެކަލޭގެފާނުގެ މަންމާފުޅުގެ ފަރާތުން ބޮޑުބޭބެ ކަމަށްވާ ޙަރާމް އިބްނު މިލްޙާން > ގެ ބުރަކަށިފުޅަށް މުޝްރިކުން ދުނިދަނޑިއެއް ހެރިއެވެ. އެވަގުތު އެކަލޭގެފާނުގެ ގައިން ލޭ އޮހޮރެން ފެށުމުން އެކަލޭގެފާނުގެ އަތްޕުޅުން އެލޭ ނެންގެވިއެވެ. އަދި ބޯފުޅުމައްޗަށް އެލޭ އުއްކެވިއެވެ. އަދި ވިދާޅުވިއެވެ. [ކަޢުބާގެ ވެރި ރައްބު ގަންދީ ބުނަމެވެ! އަހަރެން ކާމިޔާބު ވެއްޖެއެވެ!]

އަދި ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ \ ވިދާޅުވި ބަސްފުޅުގެ ރީތިކަމާއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:

[އަހަރެންގެ ދުޝްމަނުންނަށް އަހަރެންނާ ދޭތެރޭ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ސުވަރުގެއާއި ބަގީޗާ ވަނީ އަހަރެންގެ ހިތުތެރޭގައެވެ. އަހަރެން ކޮންމެ ތަނަކަށް ދިޔަޔަސް އެތަކެތި އަހަރެންނާ ވަކިނުވެ އަހަރެންނާ އެކީ ވެއެވެ. ޖަލަކީ (ﷲ އާއިއެކު) އަކަހެރި ވެލުމަށް ލިބޭ ފުރުޞަތެކެވެ. އަދި (އެމީހުން) އަހަރެން މަރާލާ މަރާލުމަކީ ޝަހީދުވުމެކެވެ. އަދި އެމީހުން އަހަރެން ރަށުން ބޭރުކޮށްލައިފިނަމަ އެއީ (ﷲ ގެ މަގުގައި) ކުރެވޭ ދަތުރެކެވެ.][3]

ޙަޤީޤީ ނަޞްރަކީ މަރުވަންދެން ޞައްޙަ ޢާޤީދާ މަތީގައި ހުރުމެވެ. އެއީ އެންމެ ފަހުން އަހަރެމެން (މަރުވެ) ނިމުނަސް، އަދި އޭގެ ސަބަބުން މުނާފިޤުން އުފާ ކުރިޔަސް، ނޫނީ އަހަރެމެން މައްޗަށް ހިއްލާ ދަންޖައްސާ މަރާލެވުނަސް، ކާފިރުން ވަނީ އަހަރުމެންގެ ފައިތިލަތަކުގެ ދަށުގައެވެ. އަދި ﷲ المستعان.

(ޖަވާބުދެއްވީ: الشيخ أبي سفيان تركي بن مبارك البنعلي السلمي \)

މަސްދަރު: އަލް ބަޔާން ރޭޑިއޯ
_______________________________
  1. صحيح مسلم
  2. تاريخ اليعقوبي
  3. الوابل الصيب من الكلم الطيب 1/48

ޙިޔާލު ހުށަހެޅުއްވުމަށް....