[ޙަމާސް] ޖަމާޢަތުގެ މުރުތައްދުކަން

ފަލަސްޠީނުގެ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ [ޙަމާސް] އަކީ އިޒްރޭލުގެ ޔަހޫދީންނާއި ދެކޮޅަށް ހަނގުރާމަކުރާކަމަށް ދަޢުވާކުރާ ޖަމާޢަތެކެވެ. އަދި މިޖަމާޢަތުގެ އެކި ލީޑަރުންނާއި ގޮފިތަކުން މިފަދަ ދަޢުވާތައް ކުރާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ. އެހެނެއްކަމަކު މި ޖަމާޢަތަކީ އޭގެ މުލުގައި ޤައުމިއްޔަތުގެ ނަޖިސްކަން ހަރުލާފަރިވާ ޖަމާޢަތެކެވެ. އަދި 2005 ވަނަ އަހަރުން ފެށިގެން [ޙަމާސް] އިން ވަނީ ފަލަސްޠީނުގައި [ކަންކަން ރަނގަޅު ކުރުމުގެ] ނަމުގައި ޑިމޮކްރަސީގެ ޝިރުކީ ނިޟާމުން ވެރިކަން ކުރަން ފަށާފައެވެ. އަދި މިއާއެކު އެޖަމާޢަތުން ވަނީ އެނިޟާމުގެ ދަށުން ރިޔާސީ އިންތިޚާބުތަކާއި، ﷲ ގެ ޙުކުމްފުޅުތަކުގެ މައްޗަށް ވަޟަޢީ ޤާނޫނު ހަދާ މަޖްލިސްތަކުގެ އިންތިޚާބުތައް ބާއްވާފައެވެ.

އިސްލާމްދީނުގައި މުސްލިމުންގެ ބިންތަކަށް ވެރިވެގަންނަ ކާފަރުންނާ ދޭތެރޭ ކަންކުރަން އޮންނަ ސާފު ގޮތް (އެބަހީ ޖިހާދު) ދޫކޮށް، ކާފަރުން ތަޢާރަފު ކޮށްފައިވާ ކުފުރުގެ ނިޟާމަކަށް ޢަމަލު ކުރުން އެއީ މިއަދާ ހަމައަށްވެސް ފަލަސްޠީނުގެ މުސްލިމުން ނިކަމެތި ކަމުގައި ތިބެން ޖެހުނު މައިގަނޑު އެއް ސަބަބެވެ. އަދި ވަކިން ތިމާމެންގެ ޢަދުއްވުންނަކީ ޔަހޫދީންކަމުގައި ވީއިރު، އެމީހުންނައި އެކި ގޮތްގޮތައް ގުޅުން ބަދަހިކޮށް އެމީހުން ހުށައަޅާ ބާޠިލުކަމުގެ އިންތިހާ ދަރަޖައިގަވާ އެއްބަސްވުންތަކުގައި ބައިވެރިވުމަކީ [ޙަމާސް] ޖަމާޢަތުގެ ބާޠިލުކަން ހާމަވެގެންދާ ސަބަބެކެވެ.

ޑިމޮކްރަސީއަށް [ޙަމާސް]އިން ކުރާ ތާޢީދަކީ ހަމައެކަނި 2005 ވަނަ އަހަރު ފެށުނު ކަމެއް ނޫނެވެ. އެހެނެއްކަމަކު އެޖަމާޢަތް އުފެއްދުމުގައި އެންމެ އިސްކޮށްހުރި އަޙްމަދު ޔާސީންގެ ދުވަސްވަރުން ފެށިގެންވެސް ޑިމޮކްރަސީގެ ފިކުރިއްޔާތު ދިޔައީ އެޖަމާޢަތުން ފަތުރަމުންނެވެ.

އަޙްމަދު ޔާސީންއާއި ކުރެވުނު އިންޓަރވިއުއެއްގައި ސުވާލު ކުރެވުނެވެ: [ފަލަސްޠީން ރައްޔިތުން ބޭނުންވަނީ ޑިމޮކްރަސީގެ މައްޗަށް ބިނާވެފައިވާ ދަޥްލަތެކެވެ. މިކަމާ ދެކޮޅު ހައްދަވަނީ ކީއްވެހެއްޔެވެ؟ އަދި އިންތިޚާބެއްގައި ކޮމިއުނިސްޓް ޕާޓީ މޮޅުވެއްޖެނަމަ އެކަމުގައި ދެކޭނެ ގޮތަކީ ކޮބައިހެއްޔެވެ؟]

ޖަވާބުގައި ޔާސީން ބުންނެވެ: [އިންތިޚާބުގައި ކޮމިއުނިސްޓް ޕާޓީ މޮޅުވިޔަސް، ފަލަސްޠީނުގެ ރައްޔިތުންގެ ނިންމުން އަހަރެން ޤަބޫލު ކުރާނަމެވެ.]

އިތުރަށް ޔާސީންއާއި ސުވާލުކުރެވުނެވެ: [އިންތިޚާބުގެ ނަތީޖާއަށް ބަލާފައި ފަލަސްޠީނުގެ ރައްޔިތުން ބޭނުންވަނީ ޑިމޮކްރެޓިކް މަލްޓި ޕާޓީ ސިސްޓަމެއް ކަމުގައިވެއްޖެނަމަ އެކަމާ ދޭތެރޭ ދެކޭނީ ކިހިނެއް ހެއްޔެވެ؟]

ޖަވާބުގައި ޔާސީން ބުންނެވެ: [ﷲ ގަންދީ ބުނަމެވެ! އަހަރުމެން (ޙަމާސް) އަކީ ޢިއްޒަތުގެ ބައެކެވެ. އަދި ޙައްޤުތަކުގެ ބައެކެވެ. ފަލަސްޠީނުގެ ރައްޔިތުން އިސްލާމީ ދަޥްލަތެއް ބޭނުން ނުވާނަމަ، އެ ރައްޔިތުންގެ ނިންމުމަށް އަހަރެން އިޚްތިރާމުކޮށް ޤަދަރު ކުރާނަމެވެ.][1]

އެބަހީ ﷲ ގެ ޝަރީޢަތާއި އެއްގޮތަށް ޙުކުމް ނުކުރިޔަސް، އަދި ޑިމޮކްރަސީގެ ނިޟާމުގެ މައްޗަށް ވެރިކަން ކުރިޔަސް ރައްޔިތުން ނިންމި ގޮތަށް އިޚްތިރާމް ކުރާނެވާހަކައެވެ. އެއްވެސް ޝައްކެއްނެތެވެ! [ޙަމާސް] ޖަމާޢަތަކީ ޔަހޫދީންނާއި ހަނގުރާމަ ކުރާކަމަށް ބޭރުފުށުން ހެދިގެންތިބެ، މުސްލިމުންގެ ބިންތަކުގައި ކުފުރާއި ޢަޞަބިއްޔަތުން ފާވެފައިވާ ޖާހިލިއްޔަތުގެ ނިޟާމްތައް ތަޢާރަފުކޮށްގެން އުޅޭ ބާޠިލު މުރުތައްދު ބައިގަނޑެކެވެ. އަދި ފަލަސްޠީނުގެ ބިމުގައި ﷲ ގެ ޝަރީޢަތް ޤާއިމުކޮށް، ޔަހޫދީންނާއި ދެކޮޅަށް ޖިހާދު ކުރުމަށް ހުރަސްއަޅާ ޖާމާޢަތެއް ކަމުގައި “ޙަމާސް” ޖަމާޢަތް ވިއެވެ.

[ޙަމާސް] ޖަމާޢަތް ވެއްޓިފައިވާ މައިގަނޑު ކުފުރުތައް

1. ޑިމޮކްރަސީ އަކީ ދީނެއް ނުވަތަ ދިރިއުޅޭނެ ނިޟާމެއްކަމުގައި ކަނޑައެޅުން.

ﷲ ` ވަޙީކުރެއްވިއެވެ:

¢وَمَن يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ£

[ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން ޤަބޫލެއް ނުކުރައްވާ ހުއްޓެވެ. އަދި އާޚިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.] (3:85)

2. ﷲ ` ގެ ޝަރީޢަތާއި ފުށުއަރާ ބައިނަލްއަޤްވާމީ، އަދި ޤައުމީ ފެންވަރުގެ ޠާޣޫތީ ޤާނުނުތަކުން ޙުކުމް ހޯދުން.

ﷲ ` ވަޙީކުރެއްވިއެވެ:

¢أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ يُرِيدُونَ أَن يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَن يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَن يُضِلَّهُمْ ضَلَالًا بَعِيدًا£

[ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެއުރެން ޙުކުމް ހޯދުމަށް އެދެނީ ޠާޣޫތުންގެ އަރިހުންނެވެ. (އެއީ) ހަމަކަށަވަރުން އެފަރާތަށް ކާފިރު ވުމަށް އެއުރެންނަށް އަމުރު ކުރައްވާފައިވާ ޙާލުގައެވެ. އަދި ޝައިޠާނާ އެދެނީ (ޙައްޤު މަގުން) ދުރުވެގެންވާ މަގުފުރެދުމަކުން އެއުރެން މަގުފުރެއްދުމަށެވެ.] (4:60)

3. ﷲ ` ގެ ޝަރީޢަތާއި ފުށުއަރާ ކުފުރުގެ ޤާނޫނުތައް ހެދުމަށާއި، ކުރިން ހަދާފައިވާ އެފަދަ ޤާނޫނުތަކަށް އެކި ބަދަލު ގެނައުމަށްޓަކައި ޕާލަމެންޓް ތަކުގައި ބައިވެރިވުން.

ﷲ ` ވަޙީކުރެއްވިއެވެ:

¢وَلَا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَٰذَا حَلَالٌ وَهَٰذَا حَرَامٌ لِّتَفْتَرُوا عَلَى اللَّهِ الْكَذِبَ ۚ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لَا يُفْلِحُونَ£ ۞ ¢مَتَاعٌ قَلِيلٌ وَلَهُمْ عَذَابٌ أَلِيمٌ£

[ﷲ ގެ މައްޗަށް ދޮގުތައްހަދައިގަތުމަށްޓަކައި ކަލޭމެންގެ ދޫތައް އެސިފަކުރާ ދޮގުތަކުން ‘މީތި ޙަލާލޭ، އަދި މީތި ޙަރާމް އޭ’ މިހެން ކަލޭމެން ނުބުނާށެވެ! ހަމަކަށަވަރުން ﷲ ގެ މައްޗަށް ދޮގުހަދާމީހުން ކާމިޔާބު ނުވާނެކަން ކަށަވަރެވެ. އެމީހުންގެ (ދުނިޔޭގެ ޙަޔާތުގައި އެތިބޭ ވަގުތުކޮޅު އެއީ) ދާދިކުޑަކުޑަ އަރާމުކޮޅެކެވެ. އަދި (އާޚިރަތް ދުވަހުން) އެމީހުންނަށް ހުރީ ވޭންދެނިވި ޢަޒާބެވެ.] (16:116/117)

4. މުރުތައްދުވެފައިވާ ޠާޣޫންނަށް ވާޤިވުމާއި އެމީހުންނަށް ނަޞްރުވެރިވުން. – (މިސާލަކަށް އިރާނާއި އެނޫންވެސް ޤައުމުތަކުގެ ޠާޣޫތުންނާއި އޮންނަ ގާތް ގުޅުން.)

ﷲ ` ވަޙީކުރެއްވިއެވެ:

¢بَشِّرِ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا£ ۞ ¢الَّذِينَ يَتَّخِذُونَ الْكَافِرِينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ الْعِززَّةَ فَإِنَّ الْعِزَّةَ لِلَّهِ جَمِيعًا£

[ހަމަކަށަވަރުން މުނާފިޤުންނަށް ވޭންދެނިވި ޢަޒާބެއް ހުރިކަމުގެ ވާހަކައިން ކަލޭގެފާނު އެމީހުންނަށް ޚަބަރު ދެއްވާށެވެ! އެމީހުންނަކީ މުއުމިނުން ފިޔަވައި ކާފަރުންގެމީހުން އެމީހުންގެ ސަހަރޯވެރިންކަމުގައި ބަލައި ހަދާމީހުންނެވެ. ފަހެ އެކާފފަރުންގެ ކިބައިން ބާރާ ގަދަފަދަކަން އެމީހުން އެދެނީހެއްޔެވެ؟ އަދި ޢިއްޒަތްތެރިކަން އެދެނީހެއްޔެވެ؟ ފަހެ އެންމެހައި ޢިއްޒަތްތެރިކަމެއް (އަދި ބާރާއި ގަދަފަދަކަން) ޚާއްޞަވެގެންވަނީ ހަމަ ﷲ އަށެވެ.] (4:138/139)

5. އިސްލާމީ ދަޥްލަތުގެ ސައިނާ ވިލާޔަތާއި އެނޫން ހިސާބުތަކުގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޠާޣޫތުންނާ އެމީހުންގެ ސިފައިންގެ އެހީ ހޯދުމާއި އެމީހުންނަށް އެހީވުން.

އިމާމް މުޙައްމަދު އިބްނު ޢަބްދުލް ވައްޙާބް \ ވިދާޅުވެފައި ވިއެވެ:

الناقض الثامن مظاهرة المشركين ومعاونتهم على المسلمين والدليل قوله تعالى:
¢…وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ£

[(ދީނުން ބޭރުވާ ކަންކަމުގެ ތެރެއިން) 8 ވަނަ ނާޤިޟު ގައި: މުޝްރިކުންނަށް ވާޤިވެރިވުމާއި މުސްލިމުންނާއި ދެކޮޅަށް އެމީހުންނަށް އެހީތެރިވުން، އަދި މީގެ ދަލީލަކީ ﷲ ` ގެ އަންނަނިވި ވަޙީބަސްފުޅު، ‘…ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ ހަމަކަށަވަރުން އެއީ އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.’ (5:51)][2]

6. ޤުރުއާނާއި ސުންނަތުގެ ތެރެއިން މިންވަރެއް ދޮގުކުރުމާއި ދޫކޮށްލުން. (މިސާލަކަށް ކާފަރުންގެ އަތުން ޖިޒްޔަ ނެގުމާއި ކާފަރުންނާ ހަނގުރާމަކުރުން.) އަދި އެ ޤުރުއާނުގެ މައްޗަށް ޙުކުމްކޮށް ޢަމަލުކުރާ މީހުންނާ ދެކޮޅުވެރިވުން.

ﷲ ` ވަޙީކުރެއްވިއެވެ:

¢…وَمَا يَجْحَدُ بِآيَاتِنَا إِلَّا الْكَافِرُونَ£

[އަދި ކާފިރުން މެނުވީ ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދެކޮޅެއް ނަހަދާނެތެވެ.] (29:47)

7. ރާފިޟީންނަކީ މުސްލިމުންކަމުގައި އަދި އެމީހުންގެ ދީން ޞައްޚަކަމަށް ދެކި، އެމީހުންނާއި ގާތް ގުޅުމެއް ބޭއްވުން.

އިމާމް މުޙައްމަދު އިބްނު ޢަބްދުލް ވައްޙާބް \ ވިދާޅުވެފައި ވިއެވެ:

“من لم يكفر المشركين، او شك في كفرهم، او صحح منهجهم كفر”

[މުޝްރިކުންނަކީ ކާފަރުން ކަމުގައި ނުދެކި، ނުވަތަ އެމީހުންގެ ކުފުރާއި މެދު ޝައްކުކޮށް، ނުވަތަ އެމީހުންގެ މަންހަޖާއި ޢަޤީދާ ރަނގަޅުކަމުގައި ދެކޭ ކޮންމެ މީހަކަށް އެއަރައިގަނެވުނީ ކުފުރަކަށެވެ.][3]

_______________________________
  1. أحمد ياسين الظاهرة المعجزة واسطورة التحدي (116،118)
  2. مجموعة التوحيد
  3. نواقـض الإسلام العشرة

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. ތިޔައީހަމަ ހަގީގަތް ހަމާސް އިން އިޒްރާއިލް އާ ހަނގުރާމަ ކުރަނީނަމެއްގަ އަދި އެމެރިކާއާއި ޔަހޫދީން ރުއްސައިގެން ތިބެ. ،ފަލަސްތީނުގެ ބިންތަކުން ޖާގަދީ ޔަހޫދީންނަށް ބިން ވިއްކައި ހިބަ ކޮށް ދީފަވެސް އެބަހުރި .އެކަމަކު ދުނިޔެއަށް އާންމުކޮށް އެނގިފައިވާނީ ޔަހޫދީން އެ ބިމަށް ވެރިވެގެން އުޅޭކަމަށް. ކަންކަމުގެ ހަގީގަތް ނުހޯދައި އުޅޭ ބަޔަކަށް ހައްޤާއި ބާތިލު ވަތްކެއްވެސް ނުވާނެ .