ތުއްތުކުދިންނަށް ވެކްސިން ދިނުމުގެ ނަޒަރިއްޔާތު

(ނޯޓް: މިލިޔުމުގައިވާ މިރައުޔަކީ އިސްލާމީ ޚިލާފަތުން ވެކްސިން ދިނުމައި ގުޅޭ ގޮތުން ދެކޭ ރަސްމީ ރައުޔެއް ނޫނެވެ. އިސްލާމީ ޚިލާފަތުގެ ބާރުގައިވާ އެކިބިންތަކުގައިވާ ކުޑަކުދިންނަށް ވެކްސިންދިނުމުގެ އެތަކެއް ކެމްޕޭނެއް ހިންގާފައިވާކަން މިތަނުގައި ފާހަނގަކޮށްލަމެވެ.)

ދުނިޔޭގެ މަޢުމޫލީ ޑޮކްޓަރުން (އަދި އެމީހުންނަށް ހިތްވަރުދޭ ބޭސް ކުންފުނިތަކުން ވެސް) ބޭނުންވަނީ ހުރިހާ ތުއްތުކުދިން ވެސް، މީސްލްސް، މަންޕްސް، ފާނަބަސަންދު، އެޗް.ޕީ.ވީ (ހިއުމަން ޕެޕިލޯމާ ވައިރަސް – ޖިމާޢުވުމުގެ ސަބަބުން ފެތުރޭ ބައްޔެއް) އަދިވެސް މިނޫނަސް ގާތްގަނޑަކަށް 100 ބައްޔަކާއި ދެކޮޅަށް ވެކްސިން ޖެހުމަށެވެ. މަޝްހޫރު ބިލްގޭޓްސް ވެސް ބޭނުންވަނީ، ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ މީހުންނަށް ވެކްސިން ދިނުމުގެ ސަބަބުން، އަހަރެމެންގެ މި ސިޔާރާއިން އެކީއެކަށް’ ބަލީގެ‘ މޫ ލުހެލާށެވެ. ހީވާގޮތުން ވަރަށް މަތިވެރި މާތް މަޤްޞަދެކެވެ. އެކަމަކުން، އެހެންވެސް އެކަހަލަ ކަންތައްތަކެކޭ އެއްފަދައިން، މިއީވެސް ހީތަކުގެ މައްޗަށް ނިމިފައިވާ ކަމެކެވެ. ތަންކޮޅެއް ކައިރިން މިކަން ބަލައިލުމުން އެނގެނީ، މި ހީކުރުމަކީ ’އަދުގެ ބޭސްވެރިކަމުގެ‘ ނަމުގެ ދަށުގައި ފޮރުވިފައިވާ، އެކަމަކު ފެންނަން ފަސޭހަ ކަމެއްކަމެވެ.

މި އަލިއަޅުވާލަނީ ކޮން ހީއަކަށްތޯއެވެ؟ ޠަބީޢަތުގައި ﷲ ލައްވަވާފައިވާ އަމިއްލައަށް ބަލިތަކުގެ މައްޗަށް ގަދަވުމަށްވާ ބާރަށްވުރެ، ވެކްސިން ދިނުމުގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމަށް މާ ރަނގަޅު ދިގު މުއްދަތެއްގެ އަސަރުކުރާނެކަމަށް ކުރެވޭ ހީއަށެވެ.

ބުއްދިނެތް މީހެއްކަމަށް ފުރަތަމަ ވިސްނިދާނެ އެވެ. ހަމަގައިމުވެސް ބައްޔެއް ނުޖެހިއްޖެއްޔާ ރަނގަޅެވެ. ނުވަތަ އެއީ އެންމެ ކުޑަމިނުން ގިނަ ޑޮކްޓަރުން މިކަމުގެ މައްޗަށް ޙަޤީޤީ ނަޒަރަކުން ބަލައިނުލާ ނިންމާގޮތެވެ. އެމީހުންގެ ސިކުނޑިތަކުގައި ދިފާޢީ ނިޒާމާ ކުޅެލުމަކީ (ވެކްސިން ދިނުމަކީ)، ދިފާޢީ ނިޒާމު އަމިއްލައަށް އިޞްލާޙުވުމަށްވުރެ މާ މަތިވެރި ގޮތެކެވެ. އަދި ހަމައެހެންމެ، މި ’ފަހުގެ ވެކްސިން‘ ތަކާއި މެދު ސުވާލެއް ކޮށްފި މީހެއްގެ ކިބައިން ރެކިގަންނާނެއެވެ. އެހެނަސް، މި ހީއަކީ ރަނގަޅު ހީއެއްތޯއެވެ؟

އެހެންގޮތަކަށް ބުނާނަމަ، ސައިންސީ ގޮތަކުން ބަލާއިރު މިއީ ތެދެއްތޯއެވެ؟ މަރުގެ ނުރައްކާ ކުރިމަތިނުވާ ބަލިތަކަށް އެންމެނަށް ވެކްސިން ދިނުމަކީ، އެމީހެއްގެ ޞިއްޙަތާއި ދިރިއުޅުން އިތުރަށް ރަނގަޅުވެގެންދާ ކަމެއްތޯއެވެ؟ މިކަންކަން އެންމެ ފުރިހަމައަށް އެނގޭނީ ޑޮކްޓަރުންނަށް އެ މައުލޫމާތުތައް ފޯރުކޮށްދެމުން އަންނަ ސައިންސްގެ ހޯދުންތައް ހޯދަމުންދާ ފަރާތްތަކަށެވެ. އަދި އެކަމުގެ މާހިރުންނަށެވެ.

މާހިރުންނާއި ވެކްސިން

ސައިންސްގެ ޤާނޫނުތައް މިކަމުގައި ހުށައެޅުމަކީ އެހާ އެދެވޭކަމެއް ކަމުގައި ނުވެދާނެއެވެ. އެއްވެސް ސަބަބެއް، އެއްވެސް ސުވާލެއްނެތި ބޭސްވެރިކަމުގެ މާހިރުންނާއި ޢާއްމުން ވެސް ވެކްސިން ދިނުމަށް ޤަބޫލުވާން ޖެހޭނުންތޯއެވެ؟ އެތައް ބައެއްގެ ސިނކުޑިތަކުގައި ވެކްސިނާއި މެދު ސުވާލެއް ކުރުމަކީ، ޑާވިނިޒަމްގެ ފުލޯކު ނަޒަރިއްޔަތާއި މެދު ސުވާލުކުރަން ކެރުން ފަދަކަމެކެވެ. (މާނައަކީ ޑާވިންގެ ނަޒަރިއްޔާތަކީ ހަމަނުޖެހޭ ނަޒަރިއްޔާތެއްކަން ސާފުކޮށް އެނގޭ އިރުވެސް، އެކަމާމެދު ސުވާލުކުރަން ނުކެރޭ ފަދައިން، ވެކްސިނާއި މެދުވެސް ސުވާލުކުރަން ތިބެނީ ނުކެރިފައެވެ.)

މިކަމުން ވެކްސިން ދޭ ބައިގަނޑުގެ ބަލިކަށިކަން އެނގި ފާޅުވެގެން ދެއެވެ. ސުވާލެއް ކުރެވިދާނެތީ ބިރުގަނެއެވެ. އަދި ސައިންސްގެ ހޯދުމަކާއި މެދު ކަންބޮޑުވެއެވެ. އެހެނީ ސައިންސްގެ ގޮތުން އެއްވެސް ހެއްކެއް ވެކްސިންގެ މޮޅުކަމާއި މެދު އެމީހުންނަށް ލިބިފައި ނުވާތީއެވެ. މިއީ ފިކުރީގޮތުން މާޔޫސްވެފައިވާ މީހުންގެ އުކުޅެވެ. ތަޙްޤީޤު ކުރެވިދާނެތީ ޙައްޤު ބިރެއް ނުގަންނާނެ އެވެ. އަދި ވެކްސިނަކީ ތުއްތުކުދިންގެ ޞިއްޙަތަށް ފައިދާ ހުރި އެއްޗެއް ކަމުގައިވާނަމަ، ޑޮކްޓަރުންގެ ކައިރިން މީސްތަކުން ސުވާލުކޮށް އޮޅުން ފިލުވުމާއި މެދު އެމީހުން ޖެހިލުންވެގެން ނުވާނެއެވެ. އަދި ވެކްސިން ދިނުމުގެ ޕްރޮގްރާމުތަކުގެ ފައިދާތަކާއި ބެހޭގޮތުން ފާޅުގައި ބަހުޘްކުރުމާއި މެދުވެސް ޖެހިލުންވެގެން ނުވާނެ އެވެ. އެހެނަސް، މިއަދު ތިބާއަށް ތި ފެންނަމުންދާ ވެކްސިންތަކަކީ، ހޯދުންތަކާއި ސައިންސްގެ ސާފު ހެކިތަކާއި ދެކޮޅަށް ކުރެވޭ އަޅުކަމެއް ފަދަ ކަމެކެވެ. ވެކްސިން ރަނގަޅުވަނީ، އަހަރެމެން ކައިރީ އެމީހުން ރަނގަޅުކަމަށް ބުނާތީއެވެ. އަދި އެއީކަން ސަބަބަކީ، އެވަރުން ފުދޭނެކަމަށް ބުނެފައިވާތީއެވެ.

އަމުރުވެރި ފަރާތްތަކުން ކުރިމަތިވެދާނެ ނުރައްކަލަކަށް ވިސްނާ، ވެކްސިންގެ ޙަޤީޤަތް ހާމަނުކޮށް ތިބީ ކިތައް މާހިރުންކަމެއް ނޭނގެއެވެ. އެހެނީ، ވެކްސިނަކީ ސައިންސްގެ ހޯދުންތަކުން ބާރުލިބޭ އެއްޗެއްކަމަށް ހަދަނީ ’އަމުރުވެރިފަރާތް‘ ތަކެވެ. ޙަޤީޤީ ސައިންސެއް ނޫނެވެ.

2009 ވަނަ އަހަރު ތަޙްޤީޤީ މުރާސިލެއްކަމުގައިވާ ޖޮން ރެޕެޕޯރޓް، ކުރީގައި ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވި (އަމުރުވެރިފަރާތްތަކުން އުނދަގުލެއް ކުރިމަތިވެދާނެތީ އަދި ޕެންޝަން ގެއްލިދާނެތީ ފުރިހަމަ ނަން ހާމަ ކުރަން ނޭދޭ) ޑރ. މާރކް ރެންޑަލް އާއި ކުރެވުނު އިންޓަވިއުއެއްގައި ވިދާޅުވިއެވެ. [ބަލިތައް ނެތިގެންދަނީ، ދިރިއުޅެމުންދާ މާޙައުލުގެ ރަނގަޅުވަމުންދާ މިންވަރަކުންނެވެ. (ތަޙްލީލުތައް ކުރުމަށްފަހު) އަހަރެންނަށް އެނގުނީ، އަހަރެން މަސައްކަތް ކުރަމުން ދިޔައީ ޖަމާކޮށްފައިވާ ދޮގުތަކެއްގެ މައްޗަށް ބިނާވާ ދާއިރާއެއްގައި ކަމެވެ.] އެންމެ ނުރައްކަލީ ކޮން އެއްޗެއްތޯ ސުވާލުވެވުމުން ދެންނެވީ، [ޑީ.ޕީ.ޓީ އެވެ. (އަދި) އެމް.އެމް.އާރް އެވެ. އަހަރެން ދެކޭގޮތުގައި ހުރިހާ ވެކްސިންތައް ވެސް ނުރައްކާތެރިއެވެ.] އަދިވެސް ވިދާޅުވިއެވެ. [އެ ބައްޔެއް މައިތިރިކުރަން ވެކްސިން ޖަހާ ބަލި، އެ ވެކްސިންގެ ސަބަބުން ޖެހިދާނެއެވެ. އަދި އެނޫންވެސް ބަލިތައް ޖެހިދާނެއެވެ.]

މެޑިކަލް ޑޮކްޓަރ ޑިގްރީ ނަންގަވައިގެން ހުންނެވި، ނިއުރޯސާރޖަން ރަސަލް އެލް. ބޭލޮކްގެ Health and Nutrition Secrets މިފޮތުގައި ވިދާޅުވެފައިވާގޮތުގައި، ޚާއްޞަކޮށް އަލަށް އުފަންވާ ކުދިންނަށް ގިނަ ޢަދަދެއްގެ ވެކްސިންތައް ދިނުމަކީ، ކުޑައިރު ކުއްޖާގެ ހަށިގަނޑަށް، އޭގައި ޖަރާސީމު ނައްތާލުމުގެބައި ހިމެނޭ، މާރކަރީ (mercury) ވަނުމަށް މެދުވެރިވާ އަނެއް މައިގަނޑު ސަބަބެވެ. 2 އަހަރު ވުމުގެ ކުރިން ކުދިންގެ ގަޔަށް މިހާރު 22 އަށްވުރެ ގިނަ ވެކްސިން ޖެހުމަށް އެދެވިފައި ވެއެވެ. (މަރކަރީއަށް) ވަނުމުގެ ސަބަބުން، އެކި މިންވަރުގެ ނުފެންނަ އަދި ފެންނަ ބޮޑެތި ނުކުޅެދުންތެރިކަމާ ކުރިމަތި ލާންޖެހިދާނެ އެވެ. އަދި އެހެންމެ، ކިތަންމެ ކުޑަ މިންވަރަކަށް ވެސް ފުރިހަމައަށް ނުއުފެދުމުގެ ސަބަބުން ޤަބޫލުކުރަންދަތި ކަންތައްތަކާއި ކުރިމަތިލާން ޖެހިދާނެ އެވެ.

ޠަބީޢީ ޞިއްޙަތުން އިނާމު ލިބިލެއްވި، އަދި ނިއުޓްރިޝަންގެ ޕްރޮފެސަރެއްކަމަށްވާ ޑރ. އޭންމެރީ ކޯލްބިންގެ Food and Healing މިފޮތުގައި ވިދާޅުވެލައްވާގޮތުގައި، [އަހަރެން ޤަބޫލުކުރާގޮތުގައި، އެންޓިބަޔޯޓިކްސް އާއި ވެކްސިން ދިނުން ފުޅާދާއިރާއެއްގައި ފެތުރިގެން ދިއުމަކީ، ދިފާޢީ ނިޒާމު ހަމައިން ނެއްޓިގެންދިއުމަށް ކުރިމަތިވާ މައިގަނޑު ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.]

އާދައިގެ ބަލިތައް ޖެހުމަކީ ޙަޤީޤަތުގައި ޞިއްޙަތަށް ފައިދާހުރިކަމެއް

ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި، ފުރިހަމަ ބާރުހުރި ޕެތޯޖަންސް (ބަލި ޖައްސައިދޭ ބެކްޓީރިއާއެއް ނުވަތަ ވައިރަސްއެއް) އަދި ޖަރާސީމުތަކަށް ހަށިގަނޑު ހާމަކޮށްލުމުން، އޭގެ ދިފާޢީ ނިޒާމުގައި ﷲ ލައްވަވާފައިވާ ޠަބީޢީ ރައްދު ދިނުމަށް ބާރުލިބިދެއެވެ.

އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޔުނިވާސިޓީއިން މިހާރު ތަޙުލީލުކުރަނީ، ކުދިކުދި ޖަރާސީމު (ފަނި) ގެ ސަބަބުން ނާރުގެ ނިޒާމަށް ޖެހޭ ބައްޔެއްކަމުގައިވާ މަލްޓިޕްލް ސްލެރޯސިސް އާއި ދެކޮޅަށް، ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުގެ ކުޅަދާނަކަން އިތުރުކޮށްދޭކަމެވެ. އަދި އަރޖެންޓީނާގައި ކުރެވުނު ތަޙްލީލަކުން ދައްކާގޮތުގައި، ފަނިވުމުގެ ޖަރާސީމުގެ ސަބަބުން، ނޭވާހިއްލުމުގެ ބަލިޖެހިފައިވާ މީހުންގެ ހަށިގަނޑުތަކުގައިވާ ނޭވާހިއްލުމާ ދެކޮޅަށް، ދިފާޢީ ނިޒާމުގައި ﷲ ލައްވަވާފައިވާ ޠަބީޢީ ރައްދު ދޭކަން ދައްކުވައިދީފައި ވެއެވެ.

ނޮޓިންގހަމް ޔުނިވާސިޓީގެ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ ޖަރާސީމާއި ބެހޭ މާހިރެއްކަމުގައިވާ، ޕްރޮފެސަރެއްކަމުގައިވާ، ޖޭން ބްރޭޑްލީ ވިދާޅުވާގޮތުގައި، ޖަރާސީމް ނެތުމުގެ ސަބަބުން އަހަރެމެންގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުތައް ’ހަމައިން ނެއްޓިފައި‘ ވުން އެކަށީގެންވެއެވެ.

ލަންޑަނުގެ އިންޕީރިއަލް ކޮލެޖުގެ ހަށިގަނޑުގެ ދިފާޢީ ޢިލްމާއި ބެހޭ ޕްރޮފެސަރ، ޑެނީ އޯލްޓްމަން ވިދާޅުވިގޮތުގައި، ’އަހަރެމެންގެ ކާބަފައިންނާ ހިސާބުން، ނުވަތަ މުނިކާފައިންނާ ހިސާބުން، އަހަރެމެންގެ ދިފާޢީ ނިޒާމުތަކުން ކޮންމެވެސް ކަމެއް ބަދަލުވެއްޖެކަމާއި ބެހޭގޮތުން‘ ވަރަށް ވަރުގަދައަށް ބަހުޘްތަކެއް ކުރެވިފައިވިއެވެ.

ބޭސްވެރިކަން ތަޙްޤީޤުކޮށް ދިރާސާކުރެއްވުމުގައި އެތައް އަހަރުތަކެއްގެ ތަޖުރިބާހުރި ބޭކަލެއްކަމަށްވާ، ލެރީ ޓްރިވިއޭރީ ލިޔުއްވި ފޮތެއްކަމުގައިވާ، Alternative Medicine the Definitive Guide މި ފޮތުގެ ދެވަނަ ޢަދަދުގައި ލިޔުއްވާފައިވާގޮތުގައި، ފަހުގެ ހެކިތައް ދައްކާގޮތުގައި، ތުއްތުކުދިންނަށް ޤަވާޢިދުން މިދެވޭ ވެކްސިންގެ ސަބަބުން ބައްޔެއްގެ ގޮތުގައި ދެމިހުންނަ ކަހަލަ އެލަރޖީ މައްސަލަތައް އުފެދެން ފަށައެވެ. އޭގެތެރޭގައި އެކްޒިމާ، ކަންފަތުގެ ބަލިތަކާއި، އެސްތްމާ ކަހަލަ ބަލިތައް ހިމެނެއެވެ. މިކަމަކީ ބަހުޘްކޮށް ހެދިފައިވާ ކަމެއްކަމުން، ގިނަ ޢަދަދެއްގެ ސައިންޓިސްޓުންނާއި ޑޮކްޓަރުން ވިދާޅުވާގޮތުގައި، އެންމެ އާދައިގެ ވެކްސިންތަކުގެ ސަބަބުން، ހަށިގަނޑުގެ ދިފާޢީ ނިޒާމަށް [ދާއިމީ] ގެއްލުންތައް ކުރިމަތިކުރުވައެވެ. އަދި އެހެންކަމުން، ކާނާއާއި ޢާއްމު އެހެން ތަކެއްޗަށް ޙިއްސު މާބޮޑަށް ގަދަވުމުގެ (އެހެނީ، ހަށިގަނޑަށް ޙަޤީޤަތުގައި އޭގެ ސަބަބުން ނޭދެވޭ އަސަރު ނުކުރާ ކާނާއާއި އެހެން ޢާއްމު ތަކެތި، ނޭދެވޭ އަސަރު ކުރާ ތަކެތިކަމުގައިވެ އެއަށް އެލަރޖިކް ވާންފަށާ) ޙާލަތަށް އޭނާ ވެއްޓެއެވެ. ޙަކީމީ ބޭސްވެރިއެއްކަމުގައިވާ ކޮންރަޑް ކައިލް ވިދާޅުވާގޮތުގައި، ތުއްތުއިރުގައި ޖެހޭ މީސްލްސް، މަންޕްސް އަދި ވޫޕިން ކޯފް ފަދަ ބަލިތައް ޖެހުމުގެ ސަބަބަން އެލާރޖިކް ވުމުގެ ނުރައްކަލުން ޙަޤީޤަތުގައި ސަލާމަތްވެއެވެ.

ޤުދުރަތީ ކާނާއިން ޙަކީމީ ބޭސްތައް ހަދާނެ ގޮތްތައް ދިރާސާކޮށް މައުލޫމާތު އެއްކުރެއްވުމުގައި 25 އަހަރު އުޅުއްވި ތަޖުރިބާކާރު، ޖޯސެފް ބީ. މޭރިއަންގެ މަޝްހޫރު ފޮތްAnti-Aging Manual: The Encyclopedia of Natural Health މިފޮތުގައި ލިޔުއްވާފައިވާގޮތުގައި، ވެކްސިން އެންމެ ފުރަތަމަ އުފެއްދުނުއިރު، އެތައް ބަލިތަކެއްޖެހުންވަނީ މަދުވާން ފަށައިފައެވެ. އޭގެތެރޭގައި 1923 އިން 1953 އާ ހަމައަށް ޕޯލިއޯ %50 އަށްވަނީ ތިރިވެފައެވެ. ހަމައެފަދައިން ޔޫރަޕުގައިވެސް، ވެކްސިން ޖެހުމެއްނެތި ޕޯލިއޯ ޖެހުންވަނީ މަދުވާން ފަށައިފައެވެ. 1915 އިން 1958 ވަނަ އަހަރާއި ހަމައަށް މީސްލްސް ވަނީ %95 އަށް ތިރިވެފައެވެ. އެއީ ވެކްސިންތައް ބޭނުންކުރުމުގެ ކުރިންނެވެ. މީސްލްސް، މަންޕްސް އަދި ރުބެއްލާ (ޖަރުމަނު މީސްލްސް) ގެ ސަބަބުން، މީހެއްގެ ޠަބީޢީ ދިފާޢީ ނިޒާމު އިތުރަށް ހަރުދަނާވެ އަދި ވަރުގަދަ ކޮށްދެއެވެ.

ޞިއްޙީ ޑޮކްޓަރެއްކަމުގައިވާ، ޖޭމްސް ހޮވެންސްޓްއިން ގެ A Physician’s Guide To Natural Health Products That Work މިފޮތުގައި ލިޔުއްވާފައިވާގޮތުގައި، ތުއްތުކުދީންނަށް ކުޑައިރު ޖެހޭ ބަލިތައް ޖެހުމުގެ ސަބަބުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު ހަރުދަނާވެ، މުސްތަޤުބަލުގައި ބަލިތަކާއި ދެކޮޅަށް ހަރަކާތްތެރިވާކަމުގެ މައްޗަށް ވަރުގަދަ ހެކިތައް ލިބެން އެބަހުއްޓެވެ. އެކިވައްތަރުގެ ވެކްސިންތަކަކީ ހަށިގަނޑުގެ ޠަބީޢީ ދިފާޢީ ބާރު ކަނޑުވާލަދޭ އެއްޗެކެވެ. އަދި އޭގެ ސަބަބުން އެލަރޖީ އަދި އެސްތްމާ އުފެދުމަށް ބާރުއަޅައެވެ. ނިއުޒިލޭންޑުގައި ކުރެވުނު ދިރާސާއަކުން ދެއްކިގޮތުގައި، ވެކްސިން ޖަހާފައިވާ ކުދިންގެ %25 ކުދިންނަށް އެސްތްމާ ޖެހިފައި ވެއެވެ. އަދި ވެކްސިން ނުޖަހާ އެއްވެސް ކުއްޖަކަށް އެބަލި ޖެހިފައެއް ނުވެއެވެ. އަދި އެހެންމެ، 1890 ވަނަ އަހަރުތަކުގެ ތެރޭގައި [ކެންސަރ] އަކީ ވަރަށްވެސް މަދު ބައްޔެކެވެ.

2009 ވަނަ އަހަރު ނިމި 2010 ވަނަ އަހަރު ފެށިގެން އައިއިރު އެމެރިކާގެ ނިއުޔޯކުގައި، ހަލުވިކަމާއިއެކު މަންޕްސް ފެތުރުމުގެ ސަބަބުން ގިނަ ބަޔަކު ޢަޖައިބުވިއެވެ. ބަލިޖެހުނު 2000 މީހުންގެ ތެރެއިން ގާތްގަނޑަކަށް %80 (އައްޑިހަ އިން ސައްތަ) މީހުންނަކީ MMR (މީސްލްސް، މަންޕްސް، ރުބެއްލާ) ތިނެތި އެއްކޮށް ދެވޭ ވެކްސިންގެ، ދޭންޖެހޭކަމަށް ބުނާ 2 ޝޮޓުވެސް ދެވިފައިވާ މީހުންނެވެ. އެހެންކަމުން ޞިއްޙީ ފަރާތްތަކުން އަދިވެސް އެދޭނީ އިތުރަށް އެއް ޝޮޓު ޖެހުމަށްތޯއެވެ؟

ކުޑަކުދިންނަށް ޖެހޭ މަންޕްސް އަކީ ވަރަށް އާދައިގެ ބައްޔެއް ކަމަށް ސީ.ޑީ.ސީ އިންވެސް އެއްބަސްވެއެވެ. އަދި އެއްފަހަރު ޖެހިއްޖެނަމަ، ދެވަނަ ފަހަރަށް ނުޖެހޭނެކަމަށް ވެސް ބުނެ އެވެ. ޢާއްމުގޮތެއްގައި، މަންޕްސް އާއި މީސްލްސް ކުޑަކުދިންނަށް ޖެހެނީ ބާލިޣުވުމުގެ ކުރިންނެވެ. އަދި މިބުނެވުނު މަންޕްސް ފެތުރުމުގައި، އެވަރެޖްކޮށް ބަލިޖެހިފައިވަނީ 15 އަހަރުގެ ޢުމުރު ފުރައަށެވެ. އަދި އޭގެން އެނގެނީ ބާލިޣުވުމަށް ފަހުގައިކަމެވެ.

މީގެކުރިން، ބައެއް މުޖުތަމަޢުތަކުގައި މީސްތަކުން އެމީހުންގެ ކުޑަކުދީން މީސްލްސް، މަންޕްސް އަދި ޗިކަން ޕޮކްސް ފަދަ ބަލިތައް ޖެހިފައިވާ މީހުންނާ ގައިގޮޅިވެ އުޅުމަށް ދޫކޮށްލައެވެ. އެއީ ފަހުން އެކަމުން ސަލާމަތްވުމުގެ ބޭނުމުގައެވެ. އަދި މިކަން މިގޮތަށް ކާމިޔަބުވެސް ކުރެއެވެ. ދެން އެހެންވެއްޖެ ނަމަ، މިއަދު މިކަމަށް މިދޭ ހުރިހާ ވެކްސިންތަކެއްގެ ބޭނުމަކީ ކޮބައިތޯއެވެ؟

ޔޫރަޕް ފަދަ މެޑިކަލް ސައިންސްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމުތަކުގައި ތުއްތު ކުދިންގެ ގަޔަށް ވެކްސިން ޖެހުމަށް މަޖުބޫރު ނުކޮށް އޭޝިޔާގައި ވަކިސް ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގައި މިކަން މަޖުބޫރު ކުރުމަކީ ވެސް ތަޙްޤީޤު ކޮށްލަން ވެއްޖެ ކަމެކެވެ.

މަޞްދަރު: .lewrockwell.com, naturalnews.com, telegraph.co.uk

ޙިޔާލު ހުށަހެޅުއްވުމަށް....