ދައުލަތުލް ޚިލާފަތުލް އިސްލާމިއްޔާއިން ރަސްމީކޮށް މީޑީއާ ބްލެކްއައުޓެއް އިޢުލާންކޮށްފި

ލަޖުނާއިން ނެރުނު ބަޔާން، މިބަޔާން ބައެއްތަކެތި ހަނގުރާމަ މިހިނގަމުންދާ ދނޑިވަޅުގައި ލަޖުނާއިން އިތުރު ބަޔާނެއް ނެރުމުގެ ކުރިން ބޭނުންކުރުން ވަނީ މަނާކޮށްފައި
ލަޖުނާއިން ފާސްކުރި ޤަރާރު، މި ޤަރާރުގައި ބައެއްތަކެތި ހަނގުރާމަ މިހިނގަމުންދާ ދަނޑިވަޅުގައި ބޭނުންކުރުން ވަނީ މަނާކޮށްފައި

އިސްލާމީ ޚިލާފަތުގެ ދަޥްލަދުން ރަސްމީކޮށް މީޑީއާ ބްލެކްއައުޓެއް އިއުލާންކޮށްފިއެވެ. މިކަން އިޢުލާންކޮށް މުސްލިމުންގެ ޚިލާފަތުން ވަނީ އެ ޚިލާފަތުގެ ހުރިހާ މުސްލިމުން ޢިރާޤާ ސީރިޔާގައި މިހާރު ހިނގަމުންދާ ހަނގުރާމަޔާ ބެހޭ [ތާޒާ] (ހިނދު ހިނދުކޮޅުން ޓްވިޓަރ، ސޮޝަލް ނެޓްވޯކް ފަދަ ތަންތަނުގައި ޝާޢިއުކުރާ) ޚަބަރުތައް ޝާއިއު ކުރުން ހުއްޓާލުމަށް އަމުރެއް ނެރެފައެވެ. މިއަމުރަށް ކިޔަމަންތެރިކަން އަދާކޮށް ޚިލާފަތުގެ ހިޔަލުގައި ދިރިއުޅެމުން އަންނަ މުސްލިމުންވަނީ ޢިރާޤާ ސީރިޔާގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ބެހޭ ތާޒާ ޚަބަރުތައް ޝާއިއުކުރުން ހުއްޓާލާފައެވެ.

ކާފަރުންގެ ނުފޫޒުން ސަލާމަތްވެގެންވާ މިނިވަން ޚިލާފަތުގެ ޝަރުޢީ ލަޖުނާއިން ފާސްކުރި ޤަރާރުގައި ޚަބަރުފެތުރުމާއި ގުޅޭ ފޮޓޯއާއި، ފޯންކޯލްއާއި، ވީޑިޔޯއާއި، އަދި މިނޫންވެސް މިފަދަ އެހެނިހެން ތަކެތި، ލަޖުނާއިން އިތުރު އިޢުލާނެއް ކުރުމުގެ ކުރިން ބޭނުން ނުކުރުމަށްވަނީ އަމުރު ނެރެފައެވެ.

ދައުލަތުގެ މުސްލިމުންގެ ކިޔަމަންތެރިކަމުގެ މަތިވެރި އަޚްލާޤަކީ ވަރަށް ހައިރާން ކުރުވަނިވި ކަމެއްކަމުގައި ޚުދު ކާފަރު ނޫސްތަކުގައިވެސް ޞިފަކުރަމުންދެއެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....