ޚަވާރިޖުންގެ ޙަޤީޤަތާއި އޭގެ އަލީގައި ދައުލަތުލް އިސްލާމް

إن الحمد لله نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأن محمداً عبده ورسوله

“يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ حَقَّ تُقَاتِهِ وَلاَ تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ”
آل عمران: 102

“يَا أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاء وَاتَّقُواْ اللّهَ الَّذِي تَسَاءلُونَ بِهِ وَالأَرْحَامَ إِنَّ اللّهَ كَانَ عَلَيْكُمْ رَقِيباً”
النساء: 1

“يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيداً، يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَن يُطِعْ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزاً عَظِيماً”

الأحزاب: 70-71

ޚަވާރިޖުންގެ ނަންތައް:

އައްނަވާޞިބު – އަލްޙަރޫރިއްޔާ – އަލްމާރިޤާ – އައްސަބްއިއްޔާ – އަލްމުކައްފިރާ، އަދި އެނޫންވެސް ނަންނަން ހިމެނެއެވެ.

ޚަވާރިޖުންގެ ބައެއް ޢަޤީދާ:

ﷲ & ގެ ޞިފަފުޅުތަކާއިމެދު: އޭގެ ތެރެއިން ބައިގަނޑެއް ﷲ & ގެ ޞިފަފުޅުތަކާއި މެދު ތަވައްޤުފްވެގެން، ހުއްޓިގެންނެވެ. މާނައަކީ އެބައިމީހުން ﷲ & ޞިފަފުޅުތައް ނަފީއެއްވެސް އަދި ޘާބިތެއްވެސް ނުކުރެއެވެ. އަދި އޭގެ ތެރެއިން ބައިގަނޑެއް ﷲ & ގެ ޞިފަފުޅުތައް ތައުވީލުކޮށް މުޢުތަޒިލާއާއި އަޝްޢަރީންނާއި ވައްތަރުވިއެވެ. އަދި އޭގެ ތެރެއިން ބައިގަނޑެއް ﷲ & ގެ ޞިފަފުޅުތަކުގެ ފުރިހަމަކަން ނަފީކުރެއެވެ.

ފަހެ މިއީ ދައުލަތުލް އިސްލާމްގެ ޢަޤީދާތޯއެވެ؟ އަހުރެންގެ ވެރި ރައްބު ގަންދީބުނަމެވެ. ހަމަހިލާ އެހެނަކުންނޫނެވެ.
– ކީރިތި ޤުރްއާނާއި މެދު: އިބާޟިއްޔާއިން ދެކޭގޮތުގައި ﷲ & ގެ ބަސްފުޅަކީ އެއީ މަޚްލޫޤެކެވެ! ޢަޖާރިދާއާއި މައިމޫނިއްޔާ، މިދެފިރްޤާގެ އަހްލުވެރިން ކީރިތި ޤުރްއާނުގެ ޔޫސުފް ސޫރަތަށް އިންކާރުކުރެއެވެ. އެމީހުން ދެކޭގޮތުގައި އެއީ ކީރިތި ޤުރްއާނުގެ ސޫރަތެއް ނޫނެވެ. އެމީހުންގެ ޙުއްޖަތަކީ އެއީ އެސޫރަތުގައި ލޯބީގެ ވާހަކަ ޛިކުރުކުރެވިފައިވުމުންނެވެ.
ފަހެ މިއީ ދައުލަތުލް އިސްލާމްގެ ޢަޤީދާތޯއެވެ؟ އަހުރެންގެ ވެރި ރައްބު ގަންދީބުނަމެވެ. ހަމަހިލާ އެހެނަކުންނޫނެވެ.

ޖަންނަތާއި ނަރަކައާއި މެދު: ޤިޔާމަތް ދުވަހުގެ ކުރިން ޖަންނަތާއި ނަރަކަ ވުޖޫދުގައި ވާކަމަށް އިންކާރުކުރެއެވެ. މިއީ މުޢުތަޒިލީންގެ ތެރެއިން ބައިގަނޑެއްގެވެސް ބަހެވެ.
ދައުލަތުގެ ސިފައިންގެތެރޭގައި ނުވަތަ ވެރިންގެ ތެރޭގައި ނުވަތަ ޝަރްޢިއްޔީންގެ ތެރޭގައި ޖަންނަތާއި ނަރަކަ ވުޖޫދުގައި ވާކަމަށް އިންކާރުކުރާ އެއްވެސް މީހަކުވޭތޯއެވެ؟ އަހުރެންގެ ވެރި ރައްބު ގަންދީބުނަމެވެ. ހަމަހިލާ އެހެނަކުންނޫނެވެ.

ޤަބުރުގެ ޢަޛާބާއިމެދު: ޚަވާރިޖުންގެ ގިނަ ފިރުޤާތަށް ޤަބުރުގެ ޢަޛާބަށް އިންކާރުކުރެއެވެ. އަދި ޢިބާޟިއްޔާވަނީ އެކަން ޘާބިތުކުރުމާއި ނަފީކުރުމާއި ދެމެދުއެވެ.
ފަހެ، ދައުލަތުލް އިސްލާމުން ޤަބުރުގެ ޢަޛާބަށް އިންކާރުކުރޭތޯއެވެ؟

މީޒާނާއިމެދު: އިބާޟީއްޔާއިން ދެކޭގޮތުގައި މީޒާނަކީ އެއީ ހެޔޮ ޢަމަލުތަކާއި ނުބައި ޢަމަލުތަކުގެ ބަޔާނެވެ. އަދި އެބައިމީހުން ޤަބޫލުކުރާގޮތުގައި އޭގައި ދެކަންވާރެއް ނުވާނެއެވެ.
ފަހެ، މިއީ ދައުލަތުލް އިސްލާމްގެ ބަސް ހެއްޔެވެ؟ އަހުރެންގެ ވެރި ރައްބު ގަންދީބުނަމެވެ. ހަމަހިލާ އެހެނަކުންނޫނެވެ.

ޤިޔާމަތް ދުވަހާއިމެދު: ޚަވާރިޖުންގެ ގިނަބައިގަނޑުތަށް ޤިޔާމަތުގެ ގިނަ ކަންކަމަށް އިންކާރުކުރެއެވެ. އޭގެ ތެރޭގައި ޞިރާޠުމަގުވެސް ހިމެނެއެވެ. އިބާޟިއްޔާއިން އެއަށް އިންކާރު ކުރެއެވެ. އަދި އެބައިމީހުން ދެކޭގޮތުގައި އެއީ ފާލަމެއް ނޫނެވެ.
ދައުލަތުގައި މިޢަޤީދާގެ އެކަކުވެސް ވޭތޯއެވެ؟

ޝަފާޢަތާއިމެދު: ޚަވާރިޖުންގެ ގިނަ ބައިގަނޑުތަށް ޤިޔާމަތްދުވަހު ބޮޑެތި ފާފަކޮށްފައިވާ މުސްލިމުންނަށް ޝަފާޢަތް ލިބޭނެކަމަށް އިންކާރުކުރެއެވެ. އެހެނީ ޚަވާރިޖުން ދެކޭގޮތުގައި ބޮޑެތި ފާފަކުރާ މީހުންނަކީ ކާފަރުންނެވެ.
ފަހެ، މިއީ ދައުލަތުލް އިސްލާމްގެ ދީން ހެއްޔެވެ؟

ޤަދަރާއި މެދު: އެބައިމީހުންގެ ތެރޭގައި އެކަން ޘާބިތުކުރާ މީހުންވެއެވެ. އަދި ޖަބަރީންގެ ޢަޤީދާގައިވާ މީހުންވެސް ވެއެވެ. އަދި އެކަމަށް އިންކާރުކުރާ މީހުންވެސްވެއެވެ.
ފަހެ، ދައުލަތުލް އިސްލާމްގައި ޤަދަރަށް އިންކާރުކުރާ ނުވަތަ ޤަދަރާއިމެދު ޖަހުމް ބިން ޞަފްވާންގެ ޢަޤީދާއަށް ތަބާވާ އެކަކުވެސްވޭތޯއެވެ؟

ﷲ & ފެންނާނެކަމާއިމެދު: ޚަވާރިޖުން މިކަމަށް އިންކާރުކުރެއެވެ.
ފަހެ ދައުލަތުން އިސްލާމްގެ ޝަރްޢީންގެ މެދުގައި މިފަދައިން ބުނާމީހަކުވޭހެއްޔެވެ؟ އަހުރެންގެ ވެރި ރައްބު ގަންދީބުނަމެވެ. ހަމަހިލާ އެހެނަކުންނޫނެވެ.

އިމާންކަމާއިމެދު: އިމާންކަމުގެ ޙަޤީޤަތާއިމެދު ޚަވާރިޖުންވަނީ ޚިލާފްވެފައެވެ. އޭގެ ތެރެއިން ބައިގަނޑެއް އީމާންކަމަކީ މަޢުރިފާ އާއި އިޤްރާރުކަމުގައި ބުނެއެވެ. އަދި އަނެއްބަޔަކު އެއީ ހިތުގެ އިޤްރާރާއި، ދުލުގެ ބަހާއި އަދި ޝަރްޢުކުރެވުނު ހުރިހާ ޢަމަލެވެ. (މާނައަކީ އެޢަމަލެއް ދޫކޮށްލުމުން ކާފަރުނުވާ ޢަމަލެއް ދޫކުރިޔަސް ކާފިރުވާނެކަމަށް އެބައިގަނޑު ދެކެއެވެ. އަދި ހުރިހާ ޢަމަލެއް ގެނައުމަކީ އެއީ އީމާންކަން ޞައްޙަވުމުގެ ޝަރުތެކެވެ.)
ދައުލަތުލް އިސްލާމްގެ އެއްވެސް މީހެއްގެ ކިބައިން މިފަދައިން ބުނަނިކޮށް އަޑުއެހިންހެއްޔެވެ؟

އީމާންކަން އުނި އިތުރުވުމާއިމެދު: އޭގެ ތެރެއިން ބައިގަނޑެއް އެކަމަށް އިންކާރުކުރެއެވެ. އެބައިމީހުން ދެކޭގޮތުގައި އީމާންކަމަކީ އެއީ ބަދަލުވުމެއްނެތި ހުރިގޮތަށް ހުންނަ އެއްޗެކެވެ. ބަދަލުވާނަމަ، އެކީ އެކަށް ނެތިގެންދާނެއެވެ! އޭގެ ތެރެއިން ބަޔަކު އަހްލުއްސުންނަތާއި މިކަމުގައި އެއްބަސްވިއެވެ. އެހެންނަމަވެސް އެބައިމީހުން ބޮޑުފާފަކުރާ މީހާ ކާފަރުކޮށް އަހްލުއްސުންނަތާއި ޚިލާފުވިއެވެ.
ދައުލަތުލް އިސްލާމްގައި މިޢަޤީދާވޭތޯއެވެ؟

ޚަވާރިޖުންނާއި ބޮޑުފާފަކުރާ މީހުން ތަކްފީރުކުރުން: ޚަވާރިޖުންގެ ގިނަ ބައިގަނޑުތަށް ބޮޑު ފާފަކުރާމީހުން އިސްލާމްދީނުގެ މިއްލަތުން ބޭރުކުރެއެވެ. އެބައިމީހުން ޚިލާފުވީ ކާފަރުވި ސަބަބާއިމެދުއެވެ. އޭގެ ތެރެއިން ބަޔަކު ބުނާގޮތުގައި ބޮޑުފާފަކުރުމުގައި ދެމިހުރުމަކީ އެއީ ބޮޑު ކުފުރެވެ. އަދި އަނެއްބަޔަކު ބުނާގޮތުގައި އެއީ ﷲ & ގެ މިންވަރުފުޅާއި މެދު ޖާހިލުވުމެވެ. އަދި ކުޑަފާފައިގައި ދެމިހުރެއްޖެނަމަ ކާފަރުނުވާނެއެވެ! ޚަވާރިޖުންގެ އެއްބައިގަނޑެއް ފިޔަވާ އެހެން ހުރިހާ ބައިގަނޑެއްވެސް ތަފްޞީލާއިއެކު ބޮޑު ފާފަކުރާ މީހުން ކާފަރުކުރެއެވެ. އަދި ކާފަރު ނުކުރާ ބައިގަނޑު ޚިލާފުވެފައިވަނީ ބޮޑު ފާފަކުރުމުގައި ދެމިހުންނަ މީހާއާއި އެކަމުގައި ދެމިނުހުންނަ މީހާއާއި މެދުއެވެ! ޚަވާރިޖުންގެ ބައެއް ބައިގަނޑުތަށް އެބައިމީހުންގެ މީހެއް ބޮޑުފާފައެއް ކޮށްފިނަމަ އެމީހާގެ މައްޗަށް ކުފުރުގެ ޙުކުމެއް ނުޖަހައެވެ. އެހެނަސް އެހެން ބައިގަނޑެއްގެ މީހަކު ބޮޑުފާފައެއް ކޮށްފިނަމަ އެމީހަކީ މުޝްރިކެއްކަމުގައި ބަލައެވެ. އަދި އޭގެ ތެރެއިން ބަޔަކު ދެކޭގޮތުގައި ބޮޑު ފާފަކުރާ މީހާ ކާފަރުވާނީ އޭނާގެ މައްޗަށް ޙައްދު ޤާއިމްވުމުންނެވެ. ޙައްދު ޤާއިމްނުވާނަމަ އެމީހުނބުނާގޮތުގައި އެއީ މުއުމިނުންނެވެ.
ދައުލަތުލް އިސްލާމްގައި މިޢަޤީދާވޭތޯއެވެ؟

*މިއީ الشيخ أَبي عَبْدِ القهّارِ اَلحُسَنِيّ – أثابه الله -ގެ ލިޔުމެއްގެ ތަރުޖަމާއެވެ

.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

  1. މި ލިޔުއްވި އަޚާގެ އަރިހުން މިތަންކޮޅު ރަގަނޅު ކޮށްދިނުން އެދެން. ޖަޒާކަﷲ. “ﷲ & ” (ﷲ $)

  2. ޢަލީ އަޅުގަނޑަށްވެސް ކުރިން ތިމައްސަލަ ފެނުނޭ…. ދެން ދައުލަތުލް އިސްލާމް ފޮންޓް ޑައުންލޯޑްކުރީމަ އަލް ޙަމްދުލިﷲ ބަރާބަރު……

  3. މިއީ އާލު ޝައިޚް ދޯ ރާއްޖެ އިސްލާމް ސައިޓްގަވެސް މީނަވަރެއް ނެތިގެެން އުޅޭ… އެކަމް އައިއެސް ގެ ޚިލާފަތު ނައްތާލުމަށް ދުޢާކޮށް އުޅޭ އެމެރިކާއަށް ސަޖިދަޖަހާ މީހެކޭ…… ﷲ އަށް ވުރެ ބޮޑަށް އެމެރިކާގެ އަމުރަށް ކިޔަމަންތެރިކަން އަދާ ކުރާ ޢަބްދުﷲ ރަސްގެފާނޯ ކިޔާ ޠާޣޫތަކަށް ކިޔަމަންތެރިކަން އަދާ ކުރާ މީހެއް….. މީ ރާއްޖޭގެ ގިނަ ޝައިޚުންގެވެސް ޢަޤީދާ

    އަދި ހައިރާންވާންޖެހޭ ކަމަކީ މިތަންތަނުގައި ސައިޓްތަކުގައި ކުރުދީންނަކީ މުސްލިމުންނޭ ކިޔާ ފަތުރަމުން އަދި ޚިލާފަތަކީ އެއީ ޚަވާރިޖުންނޭ ކިޔާ ޖައްވު ނުސާފުކުރަމުންދާއިރު ތި ޔުނިވާރސިޓީގައި އުޅޭ ކާކާށްބާ ކެރުނީ މުސްލިމުންގެ ދިފާޢުގައި ޙައްޤަށް ބަހެއް ބުނަން……