އިސްލާމީ ދަޥްލަތުން ޢިރާޤު ހީތު ހިފައި 3 ވަނައަށް އެންމެ ބޮޑު ޢަސްކަރީ މަރުކަޒު ހިފައިފި

ޣަނީމާކުރި ހަނގުރާމަމަތީ ޓޭންކަރެއްގައި އިސްލާމީ ދަޥްލަތުގެ ތަޥްޙީދުގެ ކަލިމަ އެކުލެވިގެންވާ ދިދަ ޖަހައިގެން މުޖާހިދުން ޓޭންކަރެއް ދުއްވަނީ – ފައިލް ފޮޓޯ

މިދިޔަ ހޯމަދުވަހު ޢިރާޤުގެ [ހީތު] ހިފައި އެޝަހަރުގައި އިން ޢިރާޤުގެ 3 ވަނައަށް އެންމެބޮޑު ޢަސްކަރީ މަރުކަޒު، އިސްލާމީ ޚިލާފަތުގެ ބާރުގެދަށަށް ގެނެސްފިއެވެ. ހީތުއަކީ މިހާރު އިސްލާމީ ދައުލަތުގެ ދަށަށް ގެނެސްފައިވާ ޢިރާގުގެ އަންބާރު ޕުރޮވިންސްގެ ވެރިކަންކުރާ ޝަހަރު އައްރަމާދީ އާއި އިންވެގެން އޮންނަ ޝަހަރެކެވެ. ޓްރެއިނިންގ ކޭމްޕާއި އަދި ޢިރާޤުގެ ޠާޣޫޠީ ސިފައިންގެ 7 ވަނަ ޑިވިޝަންގެ މަރުކަޒުތައް ހިމެނޭ މި ހީތުގެ މައި މަރުކަޒު ހިފާފައިވަނީ، ފިދާޢީ ޙަމަލާތަކާއި އާރް.ޕީ.ޖީ ރޮކެޓް ޙަމަލާތައް ބޭނުންކޮށްގެން ކަމަށް ޚަބަރުތަކުން ބުނެއެވެ.

މި މަރުކަޒު ހިފުވުމަށްޓަކައި އިސްލާމީ ޚިލާފަތުން ޙަމަލާތައް ދީފައިވަނީ އެކި ފަރާތްފަރާތުންނެވެ. އަދި މަރުކަޒުގެ ފާރުތައް ގޮއްވާލައިފައިވަނީ ފިދާއީ ކާރުބޮންތައް ބޭނުންކޮށްގެންނެވެ. އަދި މީގެ އިތުރުން 1 ގަޑިއިރު ވަންދެން ދިން މިސައިލް ޙަމަލާތަކުގެ ސަބަބުން ޢިރާޤުގެ ޠާޣޫޠީ ލަޝްކަރު ފިލަން ދުވެފައިވާ ކަމަށްވެސް ޢިރާޤުގެ ޚަބަރު ފަތުރާ ވަޞީލަތްތަކުން މަޢުލޫމާތު ދީފައިވެއެވެ.

އިސްލާމީ ދަޥްލަތުންވަނީ މި މައިމަރުކަޒުގައި ހުރި ހުރިހާ ބަރު އަދި ލުއި ހަތިޔާރުތަކާއި، ވަޒަންތަކާއި، ޓޭންކަރުތަކާއި، އަދިވެސް ޢަސްކަރީ ތަފާތު އާލާތްތައް ﷲގެ ވާޤިފުޅާއެކު ޣަނީމާކޮށްފައެވެ.

ޢިރާޤުގެ މުރުތައްދު ލަޝްކަރުންވަނީ، އިސްލާމީ ދަޥްލަތާއި ދެކޮޅަށް އެމީހުންނަށް ވާޤިވެރިކަން ދިނުމަށް އެދި އާދޭސް ކޮށްފައެވެ. ނަމަވެސް، ބައިނަލްއަޤްވާމީއޭ ކިޔުނު ގުޅިފައިވާ ޞަލީބީ ފައުޖުގެ ފަރާތުން އެހީތެރިކަންވަނީ ލިބޭގޮތް ނުވެފައެވެ.

ޙިޔާލު ހުށަހެޅުއްވުމަށް....

ޙިޔާލު

    1. ޖަޒާކަﷲ ޚައިރަން، މިއީ ޚަބަރު ލިޔުމުގެ ކުށެއް، ރަނގަޅުގޮތަކީ “ހީތު” ހިފައި އެތަނުގައި ހުންނަ ޢިރާޤުގެ ތިންވަނައަށް އެންމެ ބޮޑު ޢަސްކަރީ މަރުކަޒު ހިފުން.

  1. ފޭސްބުކަށް ޝެއާކުރެވޭނެހެން ހަދައިފިނަމަ ކާފަރުންގެ އައުލިޔާއިން މިސައިޓް ބޭންއަރުވާލާނެ